الظهار
ލުޣަވީ މާނަ: الظهار މިލަފްޡު ނެގިފައިވަނީ "الظهر" އިންނެވެ. މާނައަކީ ބުރަކަށްޓެވެ.
ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކުގެ ބަދަލުގައި الظهر(އެބަހީ: ބުރަކަށި) ޚާއްޞަ ކުރެވިފައި
ވަނީ، ޢާއްމުގޮތެއްގައި ސަވާރުވެ އުޅެނީ
ބުރަކަށްޓައް ކަމުގައި ވާތީއެވެ. އަދި އަނބިމީހާއަކީ ފިރިމީހާ ސަވާރުވާ ސަވާރީ
ކަމުގައިވާތީ އެފަދައިން އަނބިމީހާ އަށް ޞިފަދެވުނީ އެވެ.
އިޞްޠިލާހީ މާނަ: އެއީ ފިރިމީހާ، އޭނާގެ އަނބިމީހާ
ނުވަތަ އަނބިމީހާގެ ގުނަވަނެއް، ފިރިމީހާއާއި ކައިވެނި ޙަރާމް އަންހެނަކާއި ނުވަތަ
އެފަދަ އަންހެނެއްގެ ގުނަވަނަކާއި އެއްފަދަކުރުމެވެ. އެއީ ވަގުތީ ގޮތުން ކައިވެނި
ޙަރާމް އަންހެނެއްގެ ކަމުގައި ވިޔަސް އެވެ.ޠިހާރު