bihaviourism
Friday, May 10, 2013
ސުލޫކީ
އުނގެނުމުގެ ނަޒަރިއްޔާ(ބިހޭވިއަރިޒަމް):
ތަޢާރަފް:
ސުލޫކީ ޢިލްމްވެރިންގެ
ނަޒަރުގައި އުނގެނުމަކީ ތަޖުރިބާއާއި ފަރިތަކުރުމުގެ ސަބަބުން ދާއިމީގޮތުން
ސުލޫކަށް އަންނަ ބަދަލެކެވެ. އެހެންކަމުން، އުނގެނުމަކީ އެތެރޭގެ ހަރަކާތެކެވެ.
އެމީހެއްގެ ނަފްސުން އެކަމުގެ އެއްވެސް ޢަލާމާތެއް ނުފެންނަނަމަ އުނގެނުނީ ކަމަށް
ގަބޫލެއް ނުކުރެވޭނެ އެވެ. އެހެންކަމުން، މި ބައިގައި އަލިއަޅުވާލައި ބަލައިލާފައިވާނީ މި ނަޒަރިއްޔާގެ
މައިގަނޑު މަފްހޫމުތައް ކަމަށްވާ، "ކްލެސިކަލް
ކޮންޑިޝަނިން"(ފަރިތަވެފައިވާ އާދަތައް)، "އޮޕަރެންޓް
ކޮންޑިޝަންނިން" އަދި އުނގެނުމުގެ ނަޒަރިއްޔާތަކުގެ ތެރެއިން އިޖުތިމާޢީ ނަޒަރިއްޔާ އަށެވެ.
ސުލޫކީ އުނގެނުމުގެ ނަޒަރިއްޔާތުގެ
މަފްހޫމްތައް:
ކުލެސިކަލް
ކޮންޑިޝަނިންގ:
އުނގެނުމަކީ ކޮން އެއްޗެއްކަން އެންމެ ފުރަތަމަ ޝަރަޙަ
ކޮށްދިން އެކަކީ އެރިސްޓޯޓުލް އެވެ. އޭނާ ބުނެފައިވާގޮތުން އަހަރެމެންނަށް
ދެއެއްޗެއް އެއްކޮށް (އެކުއެކީގައި) ހަނދާންވަނީ، އެއީ އެއްގޮތް އެއްޗެހި ތަކެއް
ކަމުގައި ވާނަމައެވެ.
ކޮންޓިގުއިޓީ ނުވަތަ ކައިރި ކަމުގެ މި މަބްދައު ބުނާގޮތުން
ދޭއް ނުވަތަ އެއަށްވުރެ ގިނަ އިޙުސާސެއް (ސެންސޭން) އެކަށީގެންވާ މިންވަރަކަށް
އެކުއެކީގައި އަތުވެއްޖެނަމަ، އެ އިޙުސާސްތައް އެއްތަންވެ އެކަތި އަނެކައްޗާއި
ގުޅި އެއްތަންވެއެވެ. އެގޮތަށް އެކަތި އަނެކައްޗާއި އެގޮތަށް ގުޅިފައި ވަނިކޮށް،
ފަހުން މީގެތެރެއިން ސުޓިމިއުލަސްއެއް (އިޙުސާސެއް) އައިސްފިނަމަ، އެއާއި
ގުޅިފައިވާ އަނެއް އިޙުސާސްވެސް (ރެސްޕޮންސް ނުވަތަ ރައްދު) އާދެއެވެ.
މިސާލަކަށް:
ކުލާސް ތެރޭގައި ތަށިމުށި ޖަހާފައި އޮންނައިރު ޔުނިޓް ޓެސްޓެއްފަދަ ޓެސްޓަކަށް
މޭޒުތައް ރާވާލޭ ބުނުމުން ދަރިވަރުން މޭޒުތަށް ދަމާއިރު އެ ނިކުންނަ ތޫލި އަޑު
ހިތަށް އަރުވައި ބަލާށެވެ. ދަތްތައް ވަރަށް ފަސޭހައިން ހީލިކަރުވައި މީހާ ތުރުތުރު
އަޅާކަހަލަ އިޙުސާސެއް ކުރެވެއެވެ. ހަމަ އެގޮތަށް އިސްލާމްފަދަ މާއްދާތައް އަބަދު
ލެކްޗަރ އުޞޫލުން ދަރިވަރުންނާ އެއްވެސް ގުޅުމެއް ނެތް ފޫހި ގޮތަކަށް އަބަދު
ނަގަމުންދާނަމަ އެގަޑިޔަކަށް ބެލް ޖަހާއިރު ދަރިވަރުންގެ މޫނުމަތިން ފޫހިކަމުގެ
އަޘަރު ފާޅުވާން ފަށާނެއެވެ.
ކުލެސިކަލް ކޮންޑިސަނިންގ އެންމެ ފުރަތަމަ ދެނެގަތް
ފަރާތަކީ 1920 ގެ އަހަރު ތަކުގެ ތެރޭގައި، ރަސިޔާގެ ފިސިއޮލޮޖިސްޓެއް ކަމުގައިވާ
އިވަން ޕަވްލޯވް އެވެ. އެއީ ކުއްތާއަކަށް ކާންދިނުމަށްފަހު، އޭގެ ހަޖަމުކުރުމުގެ
ޖޫސް ނުވަތަ ދިޔަތައް އަލުން ހަށިގަނޑުގެ ތެރެޔަށް ބޭރުކުރުމަށް އެސޮރު ނަގަނީ
ކިހައި ވަގުތެއްތޯ ބެލުމަށް އެނާ ކުރި މަސައްކަތެއްގެ ތެރެއިންނެވެ.
އޮޕަރެންޓު ކޮންޑިޝަން:
އިންސާނުން ގަސްތުގައި ކުރާ
ކަންތައްތަކަށް 'އޮޕަރެންޓް' އޭ ކިޔަ އެވެ. މި ސުލޫކުން ދަސްކުރާ ނުވަތަ އުނގެނޭ
އުނގެނުމުގެ މަސައްކަތަށް ކިޔަނީ 'އޮޕަރެންޓް ކޮންޑިޝަނިން' ނުވަތަ
'އިންސްޓްރްމަންޓަލް ކޮންޑިޝަނިން' (އިރުޝާދީ އާދަތައް) އެވެ. މިއީ، ބީ އެފް ސްކިނަރ ތަޢާރަފްކޮށްފައިވާ
މަފްހޫމެކެވެ.
އޮޕަރެންޓް ކޮންޑިޝިނަކީ، އިންސާނާގެ
ސްލޫކުގެ ނަތީޖާއެއްގެ ގޮތުން އޭނާއަށް އިނާމެއް ނުވަތަ އަދަބެއް ލިބޭ ލިބުމުގެ
މަގުން އޭނާއަށް ދަސްވާ ދަސްވުންތަކެވެ. މިސާލަކަށް،
ޓީޗަރުގެ ކިބައިން ނުވަތަ ބެލެނިވެރިޔާގެ ކިބައިން އިނާމު ލިބިގަތުމުގެ ބޭނުމުގައި
ގެއަށް ހަވާލުކުރެވޭ މަސައްކަތްތައް ނިންމާ ދަރިވަރުންނާއި، ވަޒީފާގެ ކުރިއެރުން
ލިބިގަތުމަށް އޮފީހުގައި ކުރަންޖެހޭ މަސައްކަތްތައް ބަރާބަރަށް ނިންމަމުންދާ
މުވައްޒަފުންނެވެ. މި މިސާލުތަކަށް ބަލާއިރު، ސުލޫކު ބަހައްޓާގޮތަކުން އެ ސުލޫކަށް
އިނާމެއް ލިބޭނެކަން މީހާއަށް އެނގިފައި އޮތުމުން، އޭނާގެ ސުލޫކު އިތުރުވެގެން
ދެއެވެ.
ހިތްވަރު
ދިނުމާއި އަދަބު ދިނުމުގެ ވައްތަރުތައް:
Ø
ހިތްވަރުދިނުމުގައި ދެ
ބައެއް ހިމެނެއެވެ. އެއީ އީޖާބީ ހިތްވަރު ދިނުމާއި، ނުރަނގަޅު ހިތްވަރު ދިނުމެވެ.
އީޖާބީ ހިތްވަރުދިނުމުގެ މިސާލަކީ: ކުލާހުގައި ދަރިވަރުންނަށް ސުވާލުކުރަން
ފުރުޞަތު ހުޅުވާލުމުން ދަރިވަރުން ސުވާލުކުރަން ފަސްޖެހޭނަމަ ސުވާލުކުރާކުއްޖަކަށް
ޚާއްޞަ ބެޖެއް ދެވޭނަމަ އެކުއްޖާ ސުވާލުކުރުމަށް ޝައުޤުވެރިވެ، އަދި
އެހެންކުދިންވެސް އެކަމަށް ބޭނުންވެއެވެ.
ނުރަނގަޅު ހިތްވަރު
ދިނުމަކީ ބޭނުންނުވާ ނުވަތަ ހިތްނޭދޭ ކަމެއް ހުއްޓުވުމަށް ނުވަތަ އެކަމަކުން ދުރުކުރުވުމަށް ކުރެވޭ ކަންކަމެވެ.
Ø
އަދަބު ދިނުމުގައިވެސް
ދެ ބައެއް ހިމެނެއެވެ. އެއީ އީޖާބީ އަދަބު ދިނުމާއި ނުރަނގަޅު އަދަބު ދިނުމެވެ.
އީޖާބީ އަދަބު ދިނުމަކީ ކުއްޖާ ކުރާ ނުރަނގަޅު ކަމެއް ހުއްޓުވުމަށް ކުއްޖާގެ
ހިތްނޭދޭ ކަމެއް ކުރުވުމެވެ. މިސާލަކަށް: ކުލާހުގައި ފިލާވަޅު އޮޅުން ފިލުވައި
ދެއްވާއިރު ވާހަކަދައްކާނަމަ ކުލާހުން ބޭރަށް ފޮނުވާލާނެކަމަށް ބުނުމެވެ.
ނުރަނގަޅު އަދަބު ދިނުމަކީ، އުޅުން ބަހައްޓާ ގޮތަކުން އެކަމުން ދުރުކުރުވުމަށް
އޭނާ ހިތްއެދޭ ކަމަކުން މަޙްރޫމް ކުރުމެވެ. މިސާލަކަށް: ހޯމް ވޯރކް ނަހަދައިފިނަމަ
ބޯޅަކުޅެން ނުދެވޭނެކަމަށް ބުނުމެވެ.
މި
ނަޒަރިއްޔާގެ ކަމުދާ ޞިފަތައް:
ü
ދަރިވަރުންގެ ރަނގަޅު
ސުލޫކަށް ހިތްވަރު ދެވޭތީ ކުދިންގެ ޝައުޤުވެރިކަން އިތުރުވެއެވެ.
ü
ނުރަނގަޅު ސުލޫކަށް
އަދަބު ދެވުމުން އެއީ ގޯސްކަމެއްކަން އެނގި އެކަން ހުއްޓާލަން ކުދިން މަސައްކަތް
ކުރެއެވެ.
ü
މިނަޒަރިއްޔާ ޝައުޤުވެރި
ކުރުވުމުގެ ނަޒަރިއްޔާ އާއި ގާތްކަމެއް އޮތުމުން އެނަޒަރިއްޔާގައިވާ ހުރިހައި
ކަމަކާއި މި ނަޒަރިއްޔާ ފަސޭހަކަމާއެކު ގުޅުވައި ލެވެއެވެ.
ü
މި ނަޒަރިއްޔާއަކި
ކިޔަވައި ދިނުމުގައި މުހިންމު އަދި ކުލާސްރޫމްތަކުގައި ފަސޭހަކަމާ އެކުގައި
ތަންފީޒުކުރެވޭ ނަޒަރިއްޔައެކެވެ.
ü
ބެލެހެއްޓެނިވި
ގޮތެއްގައި ދަރިވަރުންނަށް އެހީތެރިކަމާއި އަޅާލުން ދެވެއެވެ.
Subscribe to:
Posts (Atom)